އުކުޅަސް ކައުންސިލްގެ ޑިޖިޓަލް ޕްލެޓްފޯމްތައް”އުކުޅަސް 2.0“ އިފްތިތާހްކުރުމުގެ ގޮތުން ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި ވަނީ ކައުންސިލުގެ އައު ވެބްސައިޓްގެ އިތުރުން، ރައްޔިތުންގެ ޕޯޓަލް ކަމުގައިވާ ”މައި އުކުޅަސް“އަދި ކައުންސިލް މުވައްޒަފުންނަށް ހާއްސަ ޕޯޓަލް ”މައި ކައުންސިލް“އިފްތިތާހްކުރެވިފައި. Local Government Authority
ޚިދުމަތް ޖަމިއްޔާ، އުކުޅަސް ހޯޕް، ކުވައިތުގެ އާޔަތް ޗެރިޓީ އެސޯސިއޭޝަން އަދި ތުރުކީގެ އުއްމަ ޗެރިޓަބަލް އެސޯސިއޭޝަނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި ވަނީ އިސްލާމިކް ޓުއަރިޒަމާއި ގުޅޭގޮތުންނާއި، މެދުއިރުމަތީގައި ހުރި އިސްލާމީ ތަޢުލީމާއި ގުޅޭ ސްކޮލާޝިޕް ފުރުސަތުތަކާއި ގުޅިގެން މަޝްވަރާކުރެވިފަައި ވެއެވެ. @khidhumaiy.ngo Ukulhas Hope
އުކުޅަހު ކައުންސިލާއި، އުކުޅަސް ހޯޕް ގުޅިގެން އެޗް.ޑީ.ސީ ވޮލީބޯލް ޓީމުން އުކުޅަހުގެ ޒުވާން ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ ވޮލީބޯލް ތަމްރީނު ކޭމްޕްގެ ތެރެިއިން. ކޯޗު މުޙައްމަދު ސާޖިދު ގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި ކޭމްޕުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. Ukulhas Hope @club_hdc
21 ސެޕްޓެމްބަރ 2026 އިން 25 ސެޕްޓެމްބަރ 2026 އަށް މި ކައުންސިލުގެ ފަރާތުން ކުޅުދުއްފުށި ސިޓީ އަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން. މި ދަތުރުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ވަނީ އެ ކައުންސިލުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅިގެން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން އަޅުގަނޑުމެނަށް ދެއްވި އެހީތެރިކަމާއި، ބެހެއްޓެވި ގާތްކަން ފާހަގަކޮށް މޭޔަރ މުޙައްމަދު ޢާޠިފް އަށާއި، ކައުންސިލް މެމްބަރުން، އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. Kulhudhuffushi City Council
މި ކައުންސިލާއި 'އުކުޅަސް ހޯޕް' ގުޅިގެން 27 ސެޕްޓެމްބަރ 2026 އިން 1 އޮކްޓޫބަރ 2026 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު، 13 އަހަރުން މަތީގެ ކުދިންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މި ކޭމްޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުމަށް 9646706 އަށް ގުޅުވާލައްވާ Ukulhas Hope